ދީން

އަހަރެމެން ހެއްދެވި ފަރާތަށް އިޖާބަ ނުކުރެއްވެވޭނެ ދުޢާއެއް ނުވޭ، ހިތްވަރު ކުރޭ!: މުފްތީ މެންކް

ދެން އެމްވީ ، ދެން އޮންލައިން

އަނެއްކާވެސް މުފްތީ މެންކްގެ ނަސޭޙަތުގެ ބަސްކޮޅެކެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ.

Ads by Sosun Fihaara

"ތިބާއަށް ކުރިމަތިވެފައިވާ އެއްވެސް މުސީބާތެއް ފިލުއްވަވާ ދެއްވުމަކީ އެކަލާނގެއަށް އެއްވެސް ކަމެއް ނޫނެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ވެސް އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް ނުފުއްދެވޭނެ އެއްވެސް ވައުދުފުޅެއް ނުވެއެވެ. އަދި އެކަލާނގެއަށް އިޖާބަ ނުކުރެވޭނޭ އެއްވެސް ދުޢާއެއް ވެސް ނުވެއެވެ. ހިތް ހަލާކުވެފައިވާ މީހަކަށް އުފާވެރިކަންް ދެއްވެވޭނީ ވެސް އަހަރެމެން ހެއްދެވި ފަރާތަށް އެކަންޏެވެ. އެކަލާނގެއަށް ޝިފާ ނުދެއްވެވޭނެ އެއްވެސް ބައްޔެއް ވެސް ނުވެއެވެ. މިހެން ގޮސް އެލިސްޓު ވަރަށް ދިގެވެ.

އެހެންކަމުން، ކަމެއް ދިމާވެއްޖެނަމަ ނުވަތަ މުސީބާތަކާއި ކުރިމަތި ވެއްޖެނަމަ ވެސް، ހިތްވަރު ގަދަ ކުރާށެވެ. އަދި އަޒުމް ވަރުގަދަ ކުރާށެވެ."

އަހަރެމެންްގެ ތެރެއިން ގިނަ މީހުންނަކީ ކަމެއް ދިމާވުމުން، އެކަމަކާއިމެދު ހިތް ނުތަނަވަސްވެ، މާޔޫސްވާ މީހުންނެވެ. ގިނަ ފަހަރަށް ހިތާމައެއް ދިމާވުމުން އެކަމުން އަރައި ވެސް ނުގަނެވޭނެ ކަމަށް ދެކެވެއެވެ. އަދި އެހިތާމައަކީ ނުވަތަ މުސީބާތަކީ ތިމާއަށް ތަހައްމަލު ކުރަން ވެސް ދަތި އެއްޗެއް ކަމަށް ހީވެފައިވެއެވެ.

ނަމަވެސް މިއީ ވަރަށް ވެސް ބޮޑު ކުށްހީއެކެވެ. މާތް ﷲ އެކަލާނގެ އެއްވެސް އަޅަކަށް ނުއުފުލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެތެވެ.

މިދުނިޔެއަކީ ވަގުތީ ތަނެކެވެ. އަަހަރެމެން އެންމެން ވެސް ބޮޑަށް ވިސްނަންވީ އާޚިރަތާއިމެދު ގައެވެ. އާޚިރަތުގައި ބާއްޖަވެރި އުފާވެރި ޙަޔާތެއް ލިބޭތޯއެވެ.

އަހަރެމެން އެންމެން ވެސް ގަދައަޅައި މަސައްކަތް ކުރަންވީ އެކަމަށްޓަކައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!