Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލ.ގަމުން މެދުއުމުރުގެ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ލ.ގަމުން މެދުއުމުރުގެ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ލ. ގަމުން މެދުއުމުރުގެ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. "ދެން" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ލ.ފޮނަދޫ އަހުމަދު ނިޒާރު (39އ.) އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު "ދެން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެ ޒުވާނާ ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ ނިޔާވެފައި ކަމަށާއި ޑޮކްޓަރުން ބޮޑަށް ޝައްކު ކުރަނީ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ނިޒާރު ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 9:25 ގައި ކަމަށާއި ގެނައި އިރުވެސް ހަރަކާތެއް ނުކުރާ ކަމަށް ގަމު ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ނަޝީދު ވިދާޅުވިއެވެ. ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ނިޔާވިކަމަށް ޑޮކްޓަރުން ނިންމެވީ އީސީޖީ އާއި އެހެނިހެން ޓެސްޓު ކުރުމަށްފަހު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"މިކޮޅަށް ގެނައި އިރުވެސް ނިޔާވެފައި ކަމަށް ޑޮކްޓަރުން ބުނަނީ. އެކަމަކު ގެންނަ އިރަކަށް ނުއެއް ނިންމާނެތާ ދެއްތޯ. ގެނެސްފަ އީސީޖީ ވެސް ނަގާފަ، ރަނގަޅަށް ބަލާފައި އޭގެ ދިހަ ވަރަަކަށް މިނެޓު ފަހުން ނިންމީ ނިޔާވެފައިވާ ކަމަށް" ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ދެން އަށް އެނގިފައިވާ ގޮތުގައި ބަނޑުގައި ރިއްސާތީ އޭނާ ވަނީ ރޭ ، ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. ހޮސްޕިޓަލުން އޭނާ ދޫކޮށްލީ މިއަދު ހަވީރު އެވެ. އޭގެ ފަހުން ބަލިވެ ، މީހާ ހަަރަކާތް ހުއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ އިރާކޮޅުއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން! إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް