ދީން

ނަސްލީ ތަފާތު ކުރުމުގެ ވިސްނުން ހުރި ޢަރަތްބަކަށް ޝެއިޚަކު ދެއްވި އަސަރުގަދަ ޖަވާބު

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

ދީނީ ޕުރޮގުރާމެއްްގައި ސަޢުދީ ޝެއިޚަކާއި ސުވާލު ކުރެވުނެވެ.

Ads by Sosun Fihaara

"ތަންތަނުގައި މަސައްކަތުގައި އުޅޭ ބިދޭސީން މަސައްކަތު އުޅެފަ، ނަމާދު ވަގުތު ޖެހުމުން މިސްކިތަށް އަރައެވެ. އެމީހުންގެ ގައިން އޮހޮރޭ ދަލާއި، އެމީހުންގެ އަތް ފައިގައި ހޭކިފައިވާ މިލައާއި ކިސަޑުން މިސްކިތް ހަޑިވެއެވެ. ޝެއިޚް، މި މީހުންތައް މިސްކިތުން ބޭރު ކުރަންވީތަ؟ އެހެން ނޫނީ މިސްކިތާ އިންވެގެން މި މީހުން ނަމާދު ކުރަން ވަކި ތަނެއް ހަދަންވީ ތަ؟ އެ ބިދޭސީން ލޮނުމެދާއި، ފިޔައާއި ދެން ވެސް އެމީހުން އެ ކާހާ އެއްޗެއް ކައިގެން މިސްކިތަށް އައިސް ޖަމާއަތުގައި ނަމާދުކުރާއިރު، ކައިރީގައި ތިބޭ މީހުންނަށް ވަރަށް އުނދަގޫވެސްވޭ.

ޝެއިޚްގެ ޖަވާބު:

އަހަރެމެން ގަލްފު ގައުމުތަކުގެ މީހުން މުއްސަނދިވީ މީގެ 50 އަހަރުކުރިން. އޭގެ ކުރިން ސައިބޯނި، ޝޭމްޕޫ މިފަދަ އެއްޗެއްސަކީ ސަޢުދީ، އެކުވެރި ޢަރަބި އިމާރާތުގެ ގިނަ މީހުން ދަންނަ އެއްޗިއްސެއް ނޫން. ކޮންމެ ނަސްލެއްގެ މީހަކަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ.

އަހަރެމެންނަށް ނަޞްރު ލިބެނީ އެ ބިދޭސީންގެ ސަބަބުން ކަމަށް ވެދާނެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
"هل تنصرون و ترزقون إلا بضعفائكم"
{ތިޔަބައިމީހުންނަށް ނަޞްރު ދެއްވެނީ އަދި ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ، ތިޔަބައިމީހުންގެ ތެރޭގައި ތިބި ދެރަ ނިކަމެތި މީހުންގެ ސަބަބުން ނޫން ހެއްޔެވެ؟}
~ رواه البخاري

(إِنَّ اللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ) سورة الحديد

މާނަ: “ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

عن عبدالله بن مسعودٍ، عن النبي صلى الله عليه وسلم قال: ((لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ))، قَالَ رَجُلٌ: إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً، قَالَ: ((إِنَّ اللهَ جَمِيلٌ يُحِبُّ الْجَمَالَ، الْكِبْرُ بَطَرُ الْحَقِّ، وَغَمْطُ النَّاسِ))[6]

މާނަ: ޢަބްދުﷲ ބުން މަސްޢޫދު، ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އޭނާގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.” އެހިނދު މީހަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން މީހަކު އޭނާގެ ފޭރާމަކީ ރިވެތި ފޭރާމެއް ކަމުގައިވުމަށް ލޯބިކުރެއެވެ. އަދި އޭނާގެ ފައިވާނަކީ ރިވެތި ފައިވާނެއް ކަމުގައިވުމަށްވެސް ލޯބިކުރެއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ އީ ރިވެތި ފަރާތެކެވެ. އަދި ރިވެތިކަމަށް ލޯބިވެވޮޑިގެންވެއެވެ. ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރު ކުރުމެވެ. އަދި މީސްތަކުންނަކީ ނިކަމެތި ބަޔެއްކަމުގައި ދެކުމެވެ.” أخرجه مسلم
تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ ﴿٨٣﴾
[28:83]

އެއީ آخرة ގެ (نعمة ގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަން ރަސްކަލާނގެ ލައްވާ ހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فساد ކުރުމެއް ވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮ ނިމުން ވަނީ تقوى ވެރިންނަށެވެ.

އިސްލާމްދީނުގައި ނަސްލީ އިމްތިޔާޒަށް ޖާގައެއް ނެތެވެ.
﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ﴾ [سورة الحجرات ١٣]
މާނައީ: ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންއިލާހު ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.”
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ» [رواه مسلم]
މާނައީ: ”ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެން ނުވެއެވެ. އެހެނަސް އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.“

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!