ލައިފްސްޓައިލް

ހަޤީޤީ ރަހުމަތްތެރިންނަކީ ތިބާގެ ހުރިހާ އުނި ސިފަތަކާއެކު ވެސް ތިބާ ބަލައިގަންނަ ފަރާތްތަކެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާ ނޫންކަން ޔަގީނެވެ. ކޮންމެ މީހެއްގެ ވެސް އުނި ސިފަތަކަކާއި ގޯސް ސިފަތަކެއް ހުރެދާނެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ކުޑައިރުއްސުރެ ވެސް އެމީހެއްގެ ކަށީގައި ހިފައިފައިވާ އާދަތަކެވެ. ނުވަތަ އެމީހަަކަށް އެކަންކަމަކީ މޮޅު ކަންކަން ކަމުގައި ކޮންމެވެސް މީހަކު ވިސްނައިދީފައިވާ ކަންކަމެވެ. އެހެން ނަމަވެސް އޭގެ މާނަ އަކީ އޭނާއަށް އެކަންކަން ރަނގަޅު ނުކުރެވޭނެއެކޭ ނޫނެވެ.

Ads by Sosun Fihaara

ތިބާގެ ރަހުމަތްތެރިއެއްގެ ކިބައިގައި ނުރަނގަޅު ސިފައެއް ހުރުމަކީ އޭނާ ދޫކޮށްފައި ތިބާ ދާން ޖެހޭ ސަބަބެއް ނޫނެވެ. ތިބާ އޭނާ ދޫކޮށްފައި ގޮސްފި ނަމަ އޭނާގެ އެ ސިފަތައް ރަނގަޅު ކޮށްދޭނީ ވެސް ފަހެ ކާކު ހެއްޔެވެ. ތިބާ އޭނާ ދޫކޮށްލައިފައި ގޮސްފި ނަމަ ވިޔާނުދާ އެހެން ބަޔަކާއެކު ވެސް އޭނާ އުޅެން ފަށައިފާނެއެވެ. އެހިސާބުން އޭނާއަށް ތެދުމަގު ދައްކައިދޭން އޭނާގެ ގާތުގައި ވަފާތެރި މިތުރަކު ނުހުންނާނެއެވެ.

ހަޤީގީ ރަހުމަތްތެރިންނަކީ ތިބާގެ އުނިސިފަތައް ތިބާގެ ގާތުގައި ކިޔައިދޭ މީހާއެެވެ. ތިބާގެ ފަރާތުން އުނި ސިފައެއް ފެނުމުން އެވާހަކަ ގޮސް އެހެން މީހުންގެ ގާތުގައި ދައްކާ މީހުންނެއް ނޫނެވެ. އެމީހުންނަށް ވުރެ ތިބާއަށް ދެކޮޅުވެރި ދުޝްމަނަކު ވެސް މާ ރަނގަޅު ވާނެ ކަން ދަންނާށެވެ.

ދިރިއުޅުމުގައި އިޚްތިޔާރު ކުރަންވީ ތިބާ ކުރާހާ ކަމަކަށް "އޯކޭ" ވެފައި ހުންނާނެ ރަހުމަތްތެރިއެއް ނޫނެވެ. އެހެނަސް ތިބާގެ އުނި ސިފައެއް ފެނުމުން އެކަންތައް ރަނގަޅު ކުރުމަށް ނަސޭޙަތް ދޭ ވަފާތެރި މިތުރެކެވެ. ތިބާގެ އުނި ސިފަތަކާއެކު ވެސް ތިބާ ބަލައިގަންނަ މީހެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!