Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަގާމުން މަލީޙް ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ޤާސިމް ދެކެވަޑައެއް ނުގަންނަވާ!

މަގާމުން މަލީޙް ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ޤާސިމް ދެކެވަޑައެއް ނުގަންނަވާ!

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް، އެމަގާމުން ވަކިކުރައްވަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދެކެވަޑައި ނުގަންނަވާ ކަމުގައި އެ ޕާޓީން ބުނެފިއެވެ.

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި މަލީޙްގެ އިތުބާރު ނެތް ކަމުގެ ވޯޓު، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރިއަށްދާއިރު އޭނާ ވަކިކުރަން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

މިނިސްޓަރ މަލީޙް ވަކިކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ލަފައަކަށް އެދިވަޑައިގެންފައި އޮތްނަމަވެސް، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތެއް އަދި މިހާތަނަށް ހާމައެއް ނުކުރައްވައެވެ.

Advertisement
Ooredoo — Square (box)

އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވެފައިވަނީ ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަަކަށް ޤާސިމް ދެކެވަޑައިނުގަންނަވާ ކަމަށާއި އެގޮތަށް އެކަން ކުރައްވާތީ ޤާސިމްގެ ހިތްހަމަނުޖެހުން އެބައޮތް ކަަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް