Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީން މިނިވަން ކުރަން މަލީހު އުޅުއްވި ކަމަށް މެންބަރު ވިސާމް ތުހުމަތު ކުރައްވައިފި

ރައީސް ޔާމީން މިނިވަން ކުރަން މަލީހު އުޅުއްވި ކަމަށް މެންބަރު ވިސާމް ތުހުމަތު ކުރައްވައިފި

ރައީސް ޔާމީން މިނިވަން ކުރަން މިނިސްޓަރު މުހައްމަދު މަލީހު އުޅުއްވި ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ތުހުމަތު ކުރައްވައިފިއެވެ. 

ވިސާމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރިޔަށް ދިޔަ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވިސާމް ވިދާޅުވީ މަލީހު ކުރައްވާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

އަދި ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލާއެކު ރައީސް ޔާމިން މިނިވަންކުރަން މަަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ވޯޓްގައި ބައިވެރިވި މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ތާޢީދާއެކުގައެވެ. މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ މެންބަރުން ފާސްކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަލީހް މަގާމުގައި ހުންނެވުމުން މަޖިލީހަށް އޭނާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި 14 މެންބަރުންގެ ސޮޔާއެކުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް