Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ނަޝީދު އަޅުގަނޑަށް ބިރު ދެއްކި: މަލީޙް

ރައީސް ނަޝީދު އަޅުގަނޑަށް ބިރު ދެއްކި: މަލީޙް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން މުހައްމަދު މަލީހު ޖަމާލު ދުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހަށް ހާޟިރުވުމުން އެމަނިކުފާނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރުދައްކާފައިވާކަމަށް މަލީހް ތުހުމަތު ކުރައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި މި ތުހުމަތު ކުރެއްވީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) ސްކްރީން ޝޮޓެއް ހިއްސާ ކުރައްވަމުންނެވެ.

އެމާއްދާގައި ބުނެފައިވާ ގޮތުގައި "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނުވަތަ މަޖިލީހުގެ ކޮމެޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފް ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެއެވެ."

Advertisement
Allied Insurance — Square (box)

މިނިސްޓަރު ކަމުން ދުރުކުރުމަށް މަލީޙް އިއްޔެ މަޖިލީހަށް ހާޒިރުކުރިއިރު، އެޖަލްސާގައި އޭނާ ދެއްކެވި ބައެއް ވާހަކަތަކަކީ ހަގީގަތާ ހިލާފަށް ދެއްކެވި ވާހަކަތަކެއްތޯ ބަަލަން މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމެޓީއަށް ފޮނުވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެވާހަކަތަކަށް އިޝާރާތް ކުރައްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މަލީޙު މިއަދު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ އޭނާ ދަނީ ރަނގަޅަށް ދިރާސާކޮށް ހޯމްވޯކް ހައްދަވައިގެން ކަމަށާއި އިއްޔެ މަޖިލީހުގެ ރައީސް ވަނީ ގާނޫނު އަސާސީގެ (ހ)އާ ހިލާފުވެ، މަލީޙަށް ބިރު ދައްކަވާފައި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް