ވިޔަފާރި

ކުކުޅު ފިހާރަ: މި ހަފްތާގެ ފްރޯޒެން ޕެކް ޝައި އަަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުކުޅު ފިހާރަ" އިން ފަށާފައިވާ ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިޔަަކަށް ޝައި ހޮވިއްޖެއެވެ.

އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ އަދި އެންމެ ހެޔޮ އަގުގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ފަށާފައިވާ ކޮންމެ ހަފްތާއަކު "ފްރޯޒަން ޕެކް"  ލިބޭ ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.

ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކުކުޅު ފިހާރައިގެ ޕޭޖުގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހު ނަގާ ގުރުއަތަކުންނެވެ. އަދި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިންނަށް އިނާމަކަށް ދެނީ "ފްރޯޒަން ޕެކް" ހިމެނޭ ހަދިޔާ އެކެވެ.

ކުކުޅު ފިހާރައިން މިހާރު އިތުރު ޕްރޮމޯޝަނެއްވެސް ކުރިއަށް އެބަ ދެއެވެ. އެ ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކުކުޅު (ކޮށާފައި) ހިލޭ ލިބޭނެއެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން މައުލޫމާތުދެއެވެ.

ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. ކުކުޅު ފިހާރައިގެ ހޯލްސޭލް ސެންޓަރު ހުންނާނީ މާލޭގެ ނިކަގަސް ހިނގުމުގައެވެ. ހޯލް ސޭލްކޮށް ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!