Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އައްޑޫއަށް މިރޭ އަސްތައް ގެންނަނީ، އާންމުންނަށް ބޭނުން ކުރެވޭނެ!

އައްޑޫއަށް މިރޭ އަސްތައް ގެންނަނީ، އާންމުންނަށް ބޭނުން ކުރެވޭނެ!

އައްޑޫ ސިޓީއަށް ގެންނަ އަސްތައް މިރޭގެ ވަގުތެއްގައި ލިބިގެން ދާނެ ކަމަށް އަސްތައް ގެންނަ ސަދަން ސްޓެލިއަންސް އިން "ދެން" އަށް ކަށަވަރު ކޮށްދީފިއެވެ.

ސަދަން ސްޓެލިއަންސްގެ ފަރާތުން ވާހަކަދެއްކި އަގްލީލް "ދެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އަސްތައް އަންނަނީ ނޭޝަނަލް ޝިޕިންގް ލައިނެއް ކަމަށް ވާ "ބޮންތި" އިން ކަމަށާއި، މިރޭ އައްޑޫއަށް ގެންދާނީ ޖުމުލަ 3 އަސް ކަމަށެވެ.

މީގެ އިތުރުން އަގްލީލް ވިދާޅުވީ، އަސްތަކާއެކު އެއަށް ކާންދޭނެ ކާނާ އާއި ބޭސް ތައް ވެސް ލިބިގެން ދާނެ ކަމަށެވެ. އަދި އަސްތައް ގެނެސް ބެހެއްޓުމަށް ޓަކައި ގާތްގަނޑަކަށް 14000 އަކަފޫޓުގެ ހުސް ބިމެއް ތައްޔާރު ކުރެވިފައި ވާނޭ ކަމަށާއި، އެތަނުގައި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެެސް މިހާރު ލިބެން ހުންނާނޭ ކަމުގައި ވެސް އަގްލީލް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އަސްތައް އައްޑޫއަށް ގެނެވުނަސް ނިންމަން ޖެހޭ ބައެއް ފޯމަލް ނިންމުންތަކެއް އެބަހުރިކަން ފާހަގަ ކުރަމުން އަގްލީލް ވިދާޅުވީ އާންމުންނަށް އަސް ދުއްވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި އެހެންނަމަވެސް އެފުރުސަތު ލިބިގެން ދިއުމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.

ސަދަން ސްޓެލިއަންސް އިން އަސްތައް ގެންނަން ނިންމެވި ނިންމެވުމަކީ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ލިބުނު ޚިޔާލެއް ކަމަށާއި އެހިސާބުން އަސްތައް އައްޑޫއަށް ގެންނަން ނިންމީ ކަމުގައި އަގްލީލް ވަނީ "ދެން" އަށް މައުލޫމާތު ދެއްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް