ޚަބަރު

ކޮވިޑް-19: ބާރަށުން ފައްސިވީ މީހުންގެ އަދަދު 31 އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހއ. ބާރަށުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

Ads by Sosun Fihaara

ބާރަށުން މިއަދު ފައްސިވެފައި ވަނީ ހަ މީހުންނެވެ. އެއަދަދާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު މިވަނީ 31 އަށް އަރާފައެވެ.

ބާރަށުން މިހާރު 31 މީހަކު ފައްސި ވެފައިވާއިރު، އެރަށުގައި 300 އަށްވުރެ ގިނަ ގެ ވަނީ ކަރަންޓީނު ކޮށްފައެވެ.

ކޮވިޑް-19 ފެތުރުމާ ގުޅިގެން ބާރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ. ރަށުގެ އާންމު ހާލަތު މިވަގުތު އަދި ގޯސް ނޫން ކަމަށް އެރަށުގެ ކައުންސިލް ނައިބު ރައީސް ޢަލީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު 20،794 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ. އަދި، 18،124 މީހުން ބަލިން ރަނގަޅު ވެފައިވާއިރު 64 މީހުން މިހާރު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!