Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށް، ފަތުވާ މަޖިލީހުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރަންޖެހޭ - މާރިޔާ

ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށް، ފަތުވާ މަޖިލީހުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރަންޖެހޭ - މާރިޔާ

މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި ފަތުވާ މަޖިލީހުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އާއި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ން ގުޅިގެން ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ "ވިމެން އޭސް ޕީސްބިލްޑަރސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯޓު އިފްތިތާޙުކުރުމަށް އަންގާރަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ އަމާން، ޞުލްޙަވެރި، އަދި މިންތީގެ ހަމަހަމަކަން ފުރިހަމަޔަށް ޤާއިމްވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ ޢަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާއެކު ދިރިއުޅެމުން އަންނަ މުޖްތަމަޢެއް ދީން ހަތިޔާރަކަށް ހަދައިގެން ބައިބައިކޮށްލުންކަމަށެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، އާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް