Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަލީޙް ޖޭޕީއިން ވަކިވެވަޑައިގެންފި

މަލީޙް ޖޭޕީއިން ވަކިވެވަޑައިގެންފި

ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް، އެމަނިކުފާނު ނިސްބަތްވެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

މަލީޙް ޖޭޕީއިން ވަކިވެ ވަޑައިގެންފައިވާކަން އެމަނިކުފާނު ވަނީ "ދެން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޖުމްހޫރީ ޕާޓީން މިރޭ މަލީޙް ވަކިވެވަޑައިގެންފައިވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ދާދި ފަހުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Advertisement
HDC — Sidebar (box)

އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތީ ފުވައްމުލަކުގެ ޒުވާނުންތަކެއްގެ އެދިލެއްވުމަށްކަމަށް މަލީޙް ވިދާޅުވި ނަމަވެސް، އެކަމާ ގުޅިގެން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ، މަލީޙް އާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި ފަހަރެއްގައި އެއީ އެމަނިކުފާނު އެ ޕާޓީން ވަކި ކުރުން ކަމުގައި ވެސް ވެދާނެ ކަމަށެވެ.

ގާސިމް ވިދާޅުވި އެ ބަސްކޮޅާއެކު ޓްވީޓް ކުރައްވަމުން މަލީޙް މިރޭ ވިދާޅުވީ، ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއެކު އުފުލި މީހާއާ ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔައިރު ޖޭޖީން ބަސް ނުބުނާ ކަމަށެވެ.

"ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާ ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ހަނު. ބޮޑެތި ތުހުމަތުތަކާ އެކު ވަކި ކުރެވުނެ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާ ފެޔަށް ޖެހިލާނަން" މަލީޙް ވިދާޅުވިއެވެ.

މަލީހު އެ އިޝާރާތް ކުރައްވަނީ ބޮޑެތި ތުހުމަތުތަކެއްގައި މަގާމުން ވަކިކުރި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދަށް ކަމަށް ބެލެވެއެވެ. އޭނާ މަގާމުން ވަކިކޮށް ހަތް ދައުވާއެއް އުފުލިއިރު ވެސް ޖުމްހޫރީ ޕާޓީން އަލީ ވަހީދަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް