Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަނގުރާ ފުޅިއަކާއެކު މާލެއިން ފުލުހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިއަކާއެކު މާލެއިން ފުލުހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިއަކާއެކު މާލެއިން ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިއަކާ އެކު މިރޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ ފުލުހެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ދީފައިނުވާއިރު، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލެ އިން މަސްތުވާތަކެތި އަތުލާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން އަތުލައިގަތް ބަނގުރާފުޅީގެ އަދަދު 100 އަށްވުރެ ގިނަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް