ދީން

ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތަކުގެ ތެރެއިން ރީނދޫ ކުލަ

ދެން އެމްވީ ، ދެން އޮންލައިން

ރީނދޫކުލައަކީ ކީރިތި ޤުރުއާނުގައި ނަން ގަނެވިފައިވާ ކުލަތަކުގެ ތެރެއިން ފުރަތަމަ ކުލައެވެ. މިކުލަ ފަސް އާޔަތެއްގައި ފަސް ފަހަރު ނަން ގަނެވިފައި ވެއެވެ. އެއީ ޖަނަވާރާ ގުޅޭގޮތުން ދެފަހަރުއާއި ވަޔާ ގުޅޭގޮތުން އެއްފަހަރު އަދި ދަނޑުފަނގާ ބެހޭ ގޮތުން ދެފަހަރުއެވެ.

Ads by Hajj Corporation

ރީނދޫ ކުލައިން ބައެއް ކަންތައްތަކަށް ދަލީލުކުރެއެވެ. އެގޮތުން

1- އެކުލަ ޖަނަވާރެއްގައިވާނަމަ އެކުލައަށް ބަލާމީހުންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. قَالُواْ ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا قَالَ إِنَّهُ يَقُولُ إِنّهَا بَقَرَةٌ صَفْرَاء فَاقِـعٌ لَّوْنُهَا تَسُرُّ النَّاظِرِينَ – البقرة 69 މާނައަކީ: “ދެން އެބައިމީހުން ބުންޏެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެ ގެރީގެ ކުލަ ބަޔާންކޮށްދެއްވުން އެދި ދަންނަވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ ވަޙީކުރައްވައެވެ. ހަމަކަށަވަރުން އެއީ ރީތިކަމުން، ބަލާމީހުން އުފާކުރުވަނިވި، ގަދަ ރީނދޫކުލައިގެ ގެރިއެކެވެ.”
އަދިވެސް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. كَأَنَّهُ جِمَالَتٌ صُفْرٌ -المرسلات33-“(އެ ކަނިތައް)، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ.

2- އެކުލަ ވަޔާއި ގުޅިފައިވާނަމަ އެއީ ފަސާދައާއި ހަލާކުވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلَئِنْ أَرْسَلْنَا رِيحاً فَرَأَوْهُ مُصْفَرّاً لَّظَلُّوا مِن بَعْدِهِ يَكْفُرُونَ -الروم51 – ﷲފޮނުއްވި ރަޙުމަތުގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ރީނދޫވެ، ހިކިގެންދާތަން އެއުރެންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެއުރެން ކާފިރުވުމުގައި ދެމިތިބޭކަން ކަށަވަރެވެ.

3- އަދި ދަނޑުގައި ނުވަތަ ދަނޑުވެރިކަމުގައި ވާނަމަ ފަނާވުމާއި ހިކިވުމާއި އަނަރޫފަވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعاً مُّخْتَلِفاً أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَجْعَلُهُ حُطَاماً إِنَّ فِي ذَلِكَ لَذِكْرَى لِأُوْلِي الْأَلْبَابِ }الزمر21 މާނައީ: “ހަމަކަށަވަރުން، ﷲ އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ އަހުލުވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ -الحديد20 – ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.”

މަސްދަރު: ޝާފިޢު.އެމްވީ

Ads by HDC
  1. ހަޖަމު

    ބަގޯހީއަކީ ކުލައެއްނޫނޭ ތިޕާޓީގައުޅޭ ލާދީނީމީހުން

  2. ބޭބެ

    ރީނދޫ ކުލައަކީ މުޤައްދަސް ކުލައެއްކަން ދެއްކުމުގެ ނިޔަތުގައި ޕޯސްޓްކުރި ލިއުމެއްނަމަ ދެރަކަމަކީ އާޔަތްތަކުގެ މާނަ ރަނގަޅަށް ބެލުމެއްނެތި ޕޯސްޓް ޝެއަރ ކުރިކަން ރީނދޫ ކުލަޔަކީ ހަމައެކަނި ޢީސާއީންގެ ގާނތުގައި މުޤައްދަސް ކުލައެއް އިޓަލީވިލާތުގެރޯމުގެ މެދު ތެރެއިން ރޯމަން ކެތަލިކް މަޒްހަބުގެ އިސްފާދިރީ އަށް ޚާއްޞަ ކުރެވިފައިވާ ވަޓިންސިޓީގެ ކުލައަކީ ރީދޫކުލަ އީސާއީދީނުގެ ކުޑަކުދިން ވަކިޢުމުރު ފުރައެއްގައި ފައްޅިތަކަށް ގެންގޮސް ފާދިރީން ލައްވާ އެކުދިން ފެންވަރުވާ ޢީސާއީން މުޤައްދަސް ފެނެއްކަމަށް ޤަބޫލުކުރާ “ޢުމޫރިއްޔާ” ގެ ފެނަކީވެސް އެފެނުގާ އެމީހުން ރީދޫކުލަ ޖައްސާފައިވާ ފެނެއް