Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އޭޕްރިލް 13 ގައި މުމްބައި އިން މާފަރަށް ޑައިރެކްޓް ފްލައިޓުތައް ފަށަން މޯލްޑިވިއަނުން ހަމަޖައްސައިފި

އޭޕްރިލް 13 ގައި މުމްބައި އިން މާފަރަށް ޑައިރެކްޓް ފްލައިޓުތައް ފަށަން މޯލްޑިވިއަނުން ހަމަޖައްސައިފި

އިންޑިއާގެ މުމްބައީ އިން ނ. މާފަރު އިންްޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓް ފްލައިޓުތައް ފަށަން މޯލްޑިވިއަނުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އައިލެންޑް އޭވިއޭޝަންސްގެ މެނޭޖިންގ ޑިރެކްޓަރ މިހާދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިހާދު ވިދާޅުވީ މުމްބައި އިން މާފަރަށް ޑައިރެކްޓް ފްލައިޓުތައް ފެށުމަށް މިހާރު ތައްޔާރުވެ، އޭޕްރިލް 13 ވަނަ ދުވަހު މުމްބައި އިން މާފަރަށް ދަތުރުކުރާ ފުރަތަމަ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވާ ކަމަަށެވެ.

Advertisement
Ooredoo — Truecaller (box)

"އެކަމާ ބެހޭ ގޮތުން ހުރިހާ ތައްޔާރީތައްވެ، އަޅުގަނޑުމެންގެ ޓީމުން ވަނީ އެހިސާބުގެ ރިސޯޓުތަކާއި އަދި ބައެއް ގެސްޓްހައުސް ތަކާއެކު ވެސް މަސައްކަތް ކުރެވިފަ. އަޅުގަނޑު އުންމީދު ކުރަނީ މިފުރުސަތު އެހިސާބުގެ ހުރިހާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފުރިހަމައަށް ބޭނުން ކުރާނެ ކަމަށް" މިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން އައިއޭއެސް ގެ އެމްޑީ މިހާދު ވިދާޅުވީ މިފެށޭ ދަތުރުތައް އެންމެ ފުރަތަމަ ފަށަނީ ހަފްތާއަކު ތިން ފްލައިޓުން ކަމަށެވެ. އަދި ވަރަށް އަވަހަށް އިންޑިއާގެ އެހެން ސިޓީ އަކުންވެސް މާފަރަށް ދަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިހާދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް