Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޯޓިޒަމް ހުރި ކުޑަ ކުއްޖަކު ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިން ހާފިޘްކަމުގެ ސަނަދު ހޯދައިފި

އޯޓިޒަމް ހުރި ކުޑަ ކުއްޖަކު ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިން ހާފިޘްކަމުގެ ސަނަދު ހޯދައިފި

އޯޓިޒަމް ހުރި ރާއްޖޭގެ ކުޑަ ކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިން ހާފިޘްކަމުގެ ސަނަދު ހޯދައިފިއެވެ.

މިފަޚުރުވެރި، ޝަރަފުވެރި މަޤާމު ހޯދާފައި ވަނީ އުމުރުން 9 އަހަރުގެ މުޙައްމަދު އަޝްޙަމް ޢަލީ/ މއ. އަލިވަރު އެވެ.

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން މިއަދު ވަނީ، އަޝްޙަމް ކީރިތި ޤުރްއާން ހިތުދަސްކުރި ކަމުގެ ސަނަދު ވެސް ދީފައެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން އެސަނަދުގައި ބުނެފައި ވަނީ، އެއީ އަޝްޙަމް ކީރިތި ޤުރްއާން ހިތުދަސްތޯ ބެލުމަށްޓަކައި އެމަރުކަޒުން އެކަމަށްޓަކައި ކަނޑައެޅި ކޮމިޓީން 9 ޑިސެމްބަރ 2020 އިން 21 ފެބްރުއަރީ 2021 އަށް ކުރި އިމްތިހާނުން އޭނާ ފާސްވެ، ކީރިތި ޤުރްއާން ހިތުދަސްވީ މީހެއްކަން ކަށަވަރުވީ ހިނދު، އޭނާއަށް ދިން ސަނަދެއް ކަމަށެވެ. އަޝްޙަމް ފާސްވެފައި ވަނީ އެއްވަނަ ދަރަޖައިންކަން ވެސް އެމަރުކަޒުން ދިން ސަނަދުގައި ވަނީ ފާހަގަ ކޮށްފައެވެ.

<img class="alignnone wp-image-70498 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/FB_IMG_1615720400085-1024x768.jpg" alt="" width="1024" height="768" />

އަޝްޙަމް މިހޯދި ޝަރަފަށް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ވެސް ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ކުޑަކުއްޖަކު، އަދި ޚާއްސަކޮށް އޯޓިޒަމް ކުއްޖަކު، މިފަދަ ޝަރަފުވެރި އަދި ފަޚުރުވެރި މަޤާމެއް ހޯދި ފުރަތަމަ ފަހަރެވެ. މިފުރުސަތުގައި އަޝްޙަމް އަށާއި އޭނާގެ މައިންބަފައިން/ބެލެނިވެރިންނަށް "ދެން" ގެ ފަރާތުން ވެސް ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް