ވެލިދޫން ދެ މީހަކު ކޮވިޑަށް ފައްސިވެއްޖެ

ނ.ވެލިދޫން ދެމީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ވެލިދޫ ކައުންސިލް ރައީސް އަސްމާ ހުސެއިން ވިދާޅުވީ، އެދެމީހުންނަކީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމަށާއި އެދެމީހުން ކޮވިޑަށް ޓެސްޓު ކުރެވުނީ މާލެއިން އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ކަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓީނަށް އައި ބައެއް ޕޮސިޓިވް ވީ. އެޗްޕީއޭ އިން އެމީހުން މާލޭގައި ޕޮޒިޓިވް ވެފައި ތިބި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައި ވާކަން އެނގުމުން އަޅުގަނޑުމެން ވާނީ އެމީހުން ކަރަންޓީން މުއްދަތު ނިމުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކޮށްފަ" އަސްމާ ހުސެއިން ވިދާޅުވިއެވެ.
އެއަތޮޅު ޅޮހިން ވެސް ވަނީ ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުގެ ސަބަބުން ރަށަށް އަރާ ފޭބުން މަނާ ކޮށްފައެވެ.