ވިޔަފާރި

ކުކުޅު ފިހާރަ ރޯދަ ސޭލް: ކުކުޅުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ އަދި އެންމެ ހެޔޮ އަގުގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ރޯދަ ސޭލް ފަށައި، އެ ފިހާރައިން ވިއްކަމުން އަންނަ ކުކުޅުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފިއެވެ.

ކުކުޅު ފިހާރައިން ބުނި ގޮތުގައިކުކުޅުގެ އަގުތައް އެހާ ބޮޑަށް ހެޔޮ ކޮށްފައި ވަނީ ކޮވިޑް-19 ސަބަބުން ވަޒީފާ ގެއްލި ގިނަ ބައެއްގެ އަތްމަތި ދަތިވެފައި ވަނިކޮށް މިއަހަރުގެ ރޯދަމަހާ ބައްދަލުކުރާތީ މީހުންނަށް ހެޔޮ އަގުގައި ފިނިކުރި ސާމާނު ލިބޭނެ ގޮތް ފަހި ކޮށްދިނުމަށް ކަމަށެވެ.

ރޯދަ ސޭލްގެ ދަށުން އެ ފިހާރައިން ވަނީ ކުރީގެ އަގަށް ވުރެ ކޭހަކުން 70 ރުފިޔާ ހެޔޮ ކޮށްފައެވެ.

"މި ދުވަސްވަރު ކުކުޅު މި ވިއްކަނީ ހަމަ ގާތްގަނޑަކަށް ކޮސްޓު ޕްރައިސްގައި. ރަމަޟާން މަސް ވެސް މި އަގުތަކުގައި ވިއްކަން ބޭނުން ވަނީ،" ކުކުޅު ފިހާރައިން ބުނެފައި ވެއެވެ.

އެ ފިހާރައިން 800 ގްރާމް ކުކުޅު ކޭހެއް 236ރ. އަށް ލިބޭ އިރު 900 ގްރާމްގެ ކުކުޅު ކޭހެއް ލިބެނީ 265ރ. އަށެވެ. އަދި 1،000 ގްރާމް ކުކުޅު ކޭސް 295ރ.، 1،100 ގްރާމު ކުކުޅު ކޭސް 325ރ.، 1،200 ގްރާމް ކުކުޅު ކޭސް 354ރ.، 1،300 ގްރާމް ކުކުޅު ކޭސް 383ރ.، އަަދި 1،400 ގްރާމް ކުކުޅު ކޭސް 413ރ. އަށް ލިބޭނެ އެވެ.

ކުކުޅުގެ އިތުރުން އެ ފިހާރައިން ބީފް އާއި ސޮސެޖާއި ޗީޒް ފަދަ ބާވަތްތައް ވެސް ލިބެއެވެ. މި ބާވަތްތައް ވެސް ވަނީ ވަރަށް ބޮޑަށް އަގު ހެޔޮ ކޮށްފައެވެ.

ކުކުޅު ފިހާރައިން މިހާރު އިތުރު ޕްރޮމޯޝަނެއް ވެސް ކުރިއަށް އެބަ ދެއެވެ. އެ ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކުކުޅު (ކޮށާފައި) ހިލޭ ލިބޭނެއެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން މައުލޫމާތުދެއެވެ.

ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. ކުކުޅު ފިހާރައިގެ ހޯލްސޭލް ސެންޓަރު ހުންނާނީ މާލޭގެ ނިކަގަސް ހިނގުމުގައެވެ. ހޯލް ސޭލްކޮށް ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

Ads by Allied Insurance
  1. ކުކުޅު

    ދުވަހަކު އޯޑާރ ކުރާ އެއްޗެއް ބޯޓަށް އެރުވޭ ކަމަކަށް ވާބައެއް ނޫން، ވަރަށް މަކަރުގަދަ ބައެއް… މީހުންގެ ހައްގު ފައިސާ ފޭރެނީ ވިޔަފާރީގެ ނަމުގައި..