މިނިސްޓަރު މައުސޫމް "ސޯފީ" އަށް ކާން ދެއްވައިފި

ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، އައްޑޫއަށް ގެންގޮސްފައިވާ އަސްތައް ބައްލަވައިލައްވާ އެތަނުން "ސޯފީ" ނަމަކަށް ކިޔާ އަހަކަށް ކާން ދެއްވައިފިއެވެ.
އައްޑޫއަށް އަސް ގެންދިޔަ ކުންފުނީގެ ވެރިޔާ، އަހުމަދު އަގްލީލް ވަނީ މިނިސްޓަރު މައުސޫމް އަހަކަށް ކާންދޭން ހުންނެވި ފޮޓޯއެއް ވަނީ "ޓްވީޓް" ކުރައްވާފައެވެ.
އެފޮޓޯ ހިއްސާކޮށް އަގްލީލް ވިދާޅުވެފައި ވަނީ މިނިސްޓަރު މައުސޫމާއި އޭނާގެ ބައިވެރިޔާ މުހައްމަދު އަދްލީލްއަށް ކާން ދެނީ ކަމަށެވެ.
އަގްލީލް ޓްވީޓް ކުރައްވާފައިވާ ފޮޓޯ ރިޓްވީޓް ކުރައްވާ މިނިސްޓަރު މައުސޫމް ވަނީ އައްޑޫގެ އަސް ދުއްވާ ސަރަހައްދަށް ވަޑައިގަތުމަށް ދައުވަތު ދެއްވި ކަމަށްޓަކައި އެމީހުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
އައްޑޫ ސިޓީއަށް ގެނައި އަސްތައް ބަލާލާއި، އަސްތަކާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް ވިހި ރުފިޔާ ދީގެން މިހާރު އެތަނަށް ވަދެވޭނެ އެވެ. އަސްތައް މާހައުލަށް ހޭނުމަށް އިތުރު ވަގުތު ބޭނުންވާތީ އަސްތައް ދުއްވަން އަދި ފުރުސަތު ހުޅުވައެއް ނުލައެވެ.