ޚަބަރު

ކޮވިޑް-19: ޚާއްސަ ހުއްދައިގެ ދަށުން ވިލިނގިއްޔަށް ދިޔަ މީހަކު ފައްސިވެ، ރަށް މޮނީޓަރިންގަށް ލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ދި އެޑިޝަން

ޚާއްސަ ހުއްދައިގެ ދަށުން ގއ.ވިލިނގިއްޔަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމުން، އެރަށް މޮނީޓަރިންގަށް ލައިފިއެވެ.

Ads by Hajj Corporation

ވިލިނގިލި ކައުންސިލު މެމްބަރު ޙަބީބް ޙަސަން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑަށް ފައްސި ވެފައިވަނީ އެރަށަށް ޚާއްސަ ހުއްދައިގެ ދަށުން ވަޑައިގެންނެވި ވެމްކޯގެ ފަސް ބޭފުޅެއްގެ ތެރެއިން އަންހެން ކަނބަލެއް ކަމަށެވެ.

"މިކޮޅުގައި ދެ ދުވަހެއްވަރު މަޑުކޮށްލާފައި އެބޭފުޅުން ވަޑައިގަތީ. އެމީހާ ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ އެނބުރި މާލެ ދިޔަ ފަހުން." ޙަބީބް ވިދާޅުވިއެވެ.

ފައްސިވީ މީހާ ވިލިނގިލީގައި ވެސް އުޅެފައިވާތީ، މިއަދު މެންދުރުފަހު އެރަށް މޮނީޓަރިންގަށް ލާފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޙަބީބް ވިދާޅުވިއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެޗްޕީއޭގެ އެންމެ ފަހުގެ ސާވަލަންސް ޑޭޓާއަށް ބަލާއިރު މިހާރު ރާއްޖެއިން 22،662 މީހުން މިބައްޔަށް ފައްސި ވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!