Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޮޒެއިނާ މަޖިލީހަށް ވަޑައިގަންނަވަނީ ގަޑި ޖެހިގެން: އިންތި

ރޮޒެއިނާ މަޖިލީހަށް ވަޑައިގަންނަވަނީ ގަޑި ޖެހިގެން: އިންތި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދުވަހަކު ވެސް ވަޑައިގަންނަވަނީ ގަޑި ޖެހިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގެ ސަބަބުން މިސްކިތްތައް ހުއްޓުވޭ ހާލަތައް ދާނަމަ ރައްޔިތުންގެ މަޖިލިސް ހުއްޓުވެން ޖެހޭނެ ހާލަތައް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޑރ. އަލީ ނިޔާފް ވިދާޅުވެފައި ވާތީ އެކަމަށް ތާއިދު ކުރައްވާ މެންބަރު ރޮޒައިނާ ކުރެއްވި ޓްވީޓާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.

އިންތި އަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ މީހަކު މަޖިލީހަށް ފާޑު ވިދާޅުވެ ވާހަކައެއް ދައްކަވާ އިރަށް، އެކަން ނުބައި ގޮތެއްގައި ނަގައި އެމީހާ ދައްކާ ވާހަކަ އަޑު ނާހަން ނުޖެހޭ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރޮޒެއިނާ މިހެން ވިދާޅުވުމުން އިންތި ވަނީ އޭނާ މިހާރު ނިދަން ވަޑައިގަންނަވަނީ ކަމަށާއި ރޮޒެއިނާ ގިނަ އިރުތަކެއް ވަންދެން ހޭލާ ހުރުމަށްފަހު އާންމުކޮށް މަޖިލީހަށް ވަޑައިގަންނަވާ ގަޑި ކަމަށްވާ ހެނދުނު 11:30 އަށް މަޖިލީހަށް ވަޑައިގެންނެވުމަށް ވަނީ ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް