Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް އިންޑިއާއަށް ދިޔަ ބަލި މީހަކު ކޮވިޑަށް ފައްސި ވެއްޖެ

އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް އިންޑިއާއަށް ދިޔަ ބަލި މީހަކު ކޮވިޑަށް ފައްސި ވެއްޖެ

އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް އިންޑިއާއަށް ދިޔަ ބަލި މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު އާ ހަވާލާދީ "ދަ ޕްރެސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވެފައި އަންހެނެއް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު އޭނާ ހުރީ އައިސޮލޭޝަންގައި ކަަމަށްވެސް އޭނަ ވިދާޅުވިއެވެ.

އާސަންދައިން ބުނި ގޮތުގައި ފައްސި ވެފައިވާ ކަން އެނގިފައި ވަނީ އިއްޔެ ކަމަށާއި އެއީ މި މަހުގެ 15 ވަނަ ދުވަހު ފުރި ފްލައިޓުން ދިޔަ މީހެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އާސަންދައިން ބުނީ އެމީހާ އަކީ ކެންސަރަށް ފަރުވާ ކުރަމުންދާ މީހެއް ކަމަށާއި ފައްސިވިކަން އެނގިފައި ވަނީ ކެންސާ ޓްރީޓްމެންޓް ފެށުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ. އަދި މާލެއިން ފުރުމުގެ ކުރިން ހެދި އެ މީހާގެ ޓެސްޓްގެ ނަތީޖާ ނައްސި ކަމަށްވެސް އާސަންދައިން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް