Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެއިން މި ފެންނަނީ އިސްތިއުމާރީ ބާރަކުން ހިފީމަ ފެންނާނެ މަންޒަރު: ޝަމާލް

ރާއްޖެއިން މި ފެންނަނީ އިސްތިއުމާރީ ބާރަކުން ހިފީމަ ފެންނާނެ މަންޒަރު: ޝަމާލް

ރާއްޖެއިން މިހާރު ފެންނަނީ ބޭރުގެ އިސްއިތުމާރީ ބާރަކުން އަރާ މި ގައުމު ހިފުމުން ފެންނާނެ ކަހަލަ މަންޒަރުތަކެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފަ ކުރައްވާ އިންޒާރު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއް ކަމަށެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން 179،954 ބިދޭސީން އުޅޭއިރު ރަޖިސްޓްރީ ނުކުރާ 66،000 ބިދޭސީން އުޅޭ ކަމަށެވެ. އެހެންކަމުން ރާއްޖެ ކަހަލަ ކުޑަ ކުޑަ އާބާދީއެއްގައި އެހާ ގިނަ ބިދޭސީން އުޅޭއިރު މި މީހުންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

ޗީފް ވިދާޅުވީ ރާއްޖެއަށް މިހާ ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައި މިވަނީ ބޯޑަރުތައް ހުޅިވިފައި އޮތުމުގެ އިތުރުން، ބޯޑަރުތައް އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓު ނުކުރެވޭތީ ކަމަށެވެ. މި ޒަމާނަކީ އެއް ގައުމު އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ، ހިފާ ޒަމާން ނޫން ކަމަށް ޝަމާލް ވިދާޅުވިއެވެ.

"ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނަން މި ހުންނަ ކަންކަން މި ފެންނަނީ މިހާރު ބިދޭސީންގެ ފަރާތުން. އަަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކުން މިވަނީ އެ މީހުން ފޫއަޅުވާލާއި ވަދެފައި. ދިވެހިންނާ ކައިވެނި ކުރުމާއި މިހެން ގޮސް ހުރިހާ ދިމާލަކަށް. މިހާރު އަދި ކުށްތަކުގައި ވެސް އެ މީހުން ޝާމިލުވެ ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ." ޝަމާލް ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވިދާޅުވީ ބިދޭސީން ރާއްޖޭގައި އެކިއެކި ހަމަނުޖެހުންތައް ހިންގަނީ މުސާރާގެ މައްސަލައިގައި ނޫން ކަމަށެވެ. އެކަމުގެ ފަހަތުގައި ބަޔަކު ވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް