Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނަން: ޖާބިރު

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނަން: ޖާބިރު

ދެން އެންމެ އަވަހަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޓީ ކައުންސިލްތަކާއި، އަތޮޅު އަދި ރަށު ކައުންސިލްތައް އުވާލުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑިއާރުޕީގެ ފަރާތުން އޭނާ ވާދަކުރައްވަި ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ގޮނޑި ކާމިޔާބުކުރާނީ ބޮޑުތަނުން. އެމްޑީޕީ ތައްޓު މަތިން ދުއްވާލާފައި، ކާށިދޫ ދާއިރާގެ ގޮނޑި ނަގައިގެން އައި ގޮތަށް މިސާލު ޖަހާލަމުން މި ދަންނަވާލަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އޮންނާނީ ވަރަށް މަތި ލުއި ސަރުކާރެއް ކަމަށާއި ރައްޔިތުންނަށް އުފާވެރިކަން ފާގަތިކަން އޮންނަ ސިސްޓަމެއް އެކުލަވާލާނެ ކަމަށެވެ. އަދި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ރަނގަޅަށް ނުހިނގަނީ މާލެއިން ބާރުތައް ގޮސްދާނެތީ އެކަމާ ބިރުން އުޅޭ ބައެއްގެ ސަބަބުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް