Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެންއައިސީން ސުލައިމާން ވަކިކުރުމަށް ފާސްކޮށްފި

އެންއައިސީން ސުލައިމާން ވަކިކުރުމަށް ފާސްކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް، އަހްމަދު ސުލައިމާނު އެ ކޮމިޝަނުގެ މެންބަރު ކަމުން ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސުލައިމާން މަޤާމުން ވަކިކޮށްފައިވަނީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ. ސުލައިމާން ވަކިކުރުމަށް ފާސްވުމާއެކު އޭނާ ވަކިކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ވެސް ކުރިން ކުރެއްވި ސުލައިމާން އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހުގައެވެ. ކޮމިޝަނުން ސުލައިމާން ވަކިކޮށްފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭތީއާއި މަސައްކަތުގައި އިހުމާލުވުން ބޮޑުވެގެންކަމަށް ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.

Advertisement
Ooredoo — Square (box)

އެންއައިސީއަށް މިދިޔަ ސަރުކާރުގައި އައްޔަނު ކޮށްފައިވާ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް