Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބަނޑުގެ ސަރުބީތައް ވިރުވާލަން މިބުއިންތައްވަރެއް ނެތް!

ބަނޑުގެ ސަރުބީތައް ވިރުވާލަން މިބުއިންތައްވަރެއް ނެތް!

ބަަނޑު ހިންދަން، ނުވަތަ ބަނޑުގެ ސަރުބީތައް ވިރުވާލަން ކުރެވިދާނެ ކިތަންމެ ކަމެއް މީސްމީޑިއާއިން ފެނެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަސްރަތުތަކާއި ކެއުމުގައި ބޭނުން ކުރަންވީ ބައެއް އެއްޗެހިވެސް ވަނީ ހޯދިފައެވެ.

މިފަހަރު ފެނުނީ، ބަނޑުގެ ސަރުބީތައް ވިރުވާލުމަށް ގޭގައި ފަސޭހައިން ތައްޔާރު ކޮށްލޭނެ ބުއިންތަކެކެވެ.

އެގޮތުން ތައްޔާރު ކޮށްލެވިދާނެ ބައެއް ބުއިން ތަކަކީ:

Advertisement
Ooredoo — Square (box)

▪︎ އިނގުރު އަދި ލުނބޯހުތުފަނި

އެއް އިންޗި އިނގުރު ޗިސް ކޮށްލުމަށްފަހު ފިނި ފެންތަށްޓަކަށް އަޅާ ގިރާލާށެވެ. އަދި އޭގެ ތެރެއަށް 1 ސައިސަމުސާ ލުނބޯހުތް އަޅާ 1/2 ސައިސަމުސާ ދިރި (ޕައުޑަރ) ކޮޅެއް އަޅާ ގިރާލާށެވެ. އިނގުރު ލުނބޯ ފަނިތަށި ތައްޔާރުވީއެވެ.

▪︎ ބަރުދަން ލުއިކުރާ ކޮފީ

މިދައްކަނީ އާދައިގެ ގޮތަކަށް ކޮފީ ތައްޔާރުކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް އާދައިގެ ކޮފީއިން މިބުއިން ތައްޔާރު ކުރެވިދާނެއެވެ. އެއް ސައިސަމުސާ ކޮފީ ތެރެއަށް ހޫނުފެން އަޅާލާ ގިރާލުމަށްފަހު މުގުރާފަ ހުރި ފްލެކްސީޑް ކޮޅެއް އަޅާލާށެވެ. އެއަށްފަހު ގާނާފައިހުރި ޑާކް ޗޮކްލެޓް ކޮޅެއް އެއްކޮށްލާ ގިރާލާށެވެ.

▪︎ ގްރީން ޓީ އާއި މިންޓް

ތަވަޔަކަށް އެއް ޖޯޑު ފެން އަޅާފައި ކައްކާލާށެވެ. އަދި އޭގެ ތެރެއަށް 5-7 މިންޓް ލީފް އަޅާފައި ފަސް މިނެޓު ވަންދެން ކައްކާލާށެވެ. ދެން ފެން އެތީގެ ތެރެއަށް ގްރީން ޓީ ކޮޅެއް އެޅުމަށްފަހު ކުޑަކޮށް ކައްކާލާ، ފުރާނާލުމުން ސައިތަށި ތައްޔާރުވީއެވެ.

▪︎ ޓޮމާޓޯ އަދި ލުނބޯހުތު ޖޫސް

އެއްޖޯޑު ޓޮމާޓޯ މިކްސްޗަރުން ގިރާލުމަށްފަހު އޭގެ ތެރެއަށް އެއް ސައިސަމުސާ ލުނބޯހުތް އެޅުމަށްފަހު ކުޑަ ލޮނުކޮޅެެއް އަޅާ ގިރާލާށެވެ. ޓޮމާޓޯ ބުއިން ތައްޔާރުވީއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް