Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖެއިން ހައްޔަރު ކުރި ޔަމަން މީހާއަށް އިމަޖެންސީގައި ފަރުވާ ދެނީ

ރާއްޖެއިން ހައްޔަރު ކުރި ޔަމަން މީހާއަށް އިމަޖެންސީގައި ފަރުވާ ދެނީ

ދިވެއްސަކާ ކައިވެނިކޮށް، ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސާލިހުގެ ހާލު ސީރިއަސްވެގެން އިމަޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާއަށް މިރެއިން ފެށިގެން އިމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

ޔާސިރު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރު ކޯޓު އަމުރެއްގެ ދަށުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ.

Advertisement
HDC — Sidebar (box)

ނަަމަވެސް މިހާތަނަށްވެސް އޭނާ ހައްޔަރު ކުރީ ކީއްވެ ކަމެއް ހާމަކޮށްފައި ނުވާއިރު އެއްވެސް ދައުވާއެއް ވެސް އުފުލައިފައެއް ނުވެއެވެ.

ހައްޔަރުކޮށްގެން އުޅޭތީ ޔާސިރު މީގެ ކުރިން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް އެތައް ފަހަރަކު ކޮށްފައެވެ. އެކަމާ ގުޅިގެން ހާލު ބޮޑުވެގެން ޔާސިރު މީގެ ކުރިންވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް