ޚަބަރު

ކުކުޅު ފިހާރަ: ނުވަ ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފި

ދެން އެމްވީ ، ދެން އޮންލައިން

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ނުވަ ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

Ads by Sosun Fihaara

ނުވަ ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ނީނާ އެވެ.

މި ޕްރޮމޯޝަން އަކީ "ޝެއާ އެންޑް ވިން" ގެ ނަމުގައި މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހިންގާ ޕްރޮމޯޝަންއެކެވެ. އެގޮތުން އެ ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވެއެވެ.

ކުކުޅު ފިހާރައިން ވަނީ ބޮޑު އީދާ ދިމާކޮށް ވެސް ހާއްސަ ޕްރޮމޯޝަން އެއް ފަށާފައެވެ.

އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެއެވެ.

"ކުކުޅު ފިހާރަ"އިގެ ހަތަރު އައުޓްލެޓެއް ހުންނައިރު، ކުކުޅު ފިހާރަ 1 ހުންނަނީ ހުޅުމާލޭގައެވެ. ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގައި ހުންނައިރު ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. އަދި ކުކުޅު ފިހާރަ 4 ހުންނަނީ އއ.ތޮއްޑޫގައި އެވެ.

އިތުރު އައުޓް ލެޓްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުޅުވިގެންދާނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން މައުލޫމާތުދެއެވެ.

ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. އަދި ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 9986575 އަށެވެ.

.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!