Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިތުރު 45 މީހަކު ކޮވިޑަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް!

އިތުރު 45 މީހަކު ކޮވިޑަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް!

މިއަދު އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 45 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާ ދެ މީހެއް ކަމަށެވެ.

މި 45 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3044 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 617 މީހަކަށެވެ.

Advertisement
Allied Insurance — Square (box)

މިއަދު އިތުރު 28 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2397 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް