Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރޮޒެއިނާ؛ އާޒިމް އަށް: ބުލީ ކުރިޔަސް އަނގަ ބަންދެއް ނުކުރެވޭނެ!

ރޮޒެއިނާ؛ އާޒިމް އަށް: ބުލީ ކުރިޔަސް އަނގަ ބަންދެއް ނުކުރެވޭނެ!

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޓްވިޓާގައި އަނެއްކާ ވެސް ބޮޑު ޒުވާބެއް ކޮށްފިއެވެ.

ރޮޒެއިނާ އާއި އާޒިމްގެ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށާފައިމިވަނީ، ޑރ. ނިޔާފު އާންމު ސިއްހަތުގެ ގާނޫނުގެ އިސްލާހަށް ދެއްވި ހިޔާލަށް ރޮޒައިނާ ތާއީދު ކުރައްވާ ޓްވީޓް ކުރެއްވުމުންނެވެ.

ރޮޒެއިނާގެ ޓްވީޓަށް ރައްދުދެއްވައި އާޒިމް ވަނީ ރޮޒައިނާ އެގޮތަށް ޓްވީޓް ކުރެއްވުމުން ނުރުހުން ފާޅުކުރައްވާފައެވެ.

Advertisement
HDC — Sidebar (box)

އެގޮތުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ލީޑަރާއި ގުޅޭގޮތުން އަސާސެއް ނެތް ތުހުމަތުތަކެއް ރޮޒެއިނާ ކުރައްވާ ކަމާއި، އަމިއްލަ ފައިދާ އަށް ހިޔާލުތައް ފާޅުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ މިއަދު ވަނީ އޭނާ ކުރެއްވި އެއްވެސް ޓްވީޓެއްގައި އެމްޑީޕީގެ ލީޑަރާއި ގުޅޭގޮތުން އެއްވެސް ތުހުމަތެއް ކުރައްވާފައިވޭތޯ އާޒިމްއާ ސުވާލުކުރައްވާފައެވެ. އަދި އޭނާ ކުރެއްވި އެއްވެސް ޓްވީޓެއްގައި އެއްވެސް މީހެއްގެ ވާހަކައެއް ބުނެފައި ނޯންނާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ދަލު ބޭރުން ޖެހުމަކީ އެހާ ހިތްގައިމު ކަމެއް ނޫން، މަޖިލީހުގެ ތެރޭގައި ބުލީ ކުރާ އުސޫލުން ޓްވިޓާގައި ވެސް އެކަން ކުރަން އުޅުނަސް އަނގަ ބަންދެއް ނުކުރެވޭނެ " ރޮޒެއިނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް