Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ﷲ އަށް ހަމްދުހުރި، އިތުރު 28 މީހަކު ބަލިން ރަނގަޅު ވެއްޖެ

ﷲ އަށް ހަމްދުހުރި، އިތުރު 28 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 28 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މި 28 މީހުންނާއެކު، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2397 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 45 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާ ދެ މީހެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި 45 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3044 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 617 މީހަކަށެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް