ޚަބަރު

ކޮވިޑް-19: ހުރައިން އިތުރު 10 މީހުން ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ.އަތޮޅު ހުރާއިން އިތުރު 10 މީހަކު ކޮވިޑް-19 އަަށް ފައްސިވެ، އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު 28 އަށް އަރައިފިއެވެ.

Ads by Hajj Corporation

ހުރާއިން އެންމެ ފުރަތަމަ މިބައްޔަށް ފައްސިވެފައި ވަނީ އެރަށުން މާލެ ގެންދިޔަ މީހެކެވެ. އެ މީހާ ފައްސިވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އޭގެ ފަހުން އެރަށުން ނެގި ރޭންޑަމް ސާމްޕަލްތަކުން 18 ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އަދި އިތުރު 10 މީހުން މިރޭ 9:00 ޖެހުމާ ހަމަޔަށް ވަނީ ފައްސި ވެފައެވެ. އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 28 އަށް އަރާފައެވެ.

ހުރާގެ އިތުރުން ކޮވިޑަށް ފައްސި ކޭސްތަކެއް ފެނުމާ ގުޅިގެން ރ. އުނގޫފާރު، ރ. މަޑުއްވަރީ، ޅ. ނައިފަރު އަދި ފެލިވަރު ވެސް މިވަގުތު ވަނީ މޮނީޓްރިންގަށް ލާފައެވެ.

ރާއްޖެއިން މިހާތަނަށް 22،929 މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އަދި 20،359 މީހުން ބަލިން ފަސޭހަ ވެފައިވާއިރު، 66 މީހުން މިބަލީގައި ނިޔާވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!