ދުނިޔެ

އުނގުޅި ސަންސްކްރީންގެ ބޯމިނުގެ ސަބަބުން އަނެއްކާވެސް މާކް ޒޫކަބަރގް ހޫނުފެނަށް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެންމެން ވެސް ބޭނުން ކުރާ ފޭސްބުކްގެ ޗެއާރމަން އަދި ބިލިއަނެއާރ މާކް ޒޫކަބަރގް އަކީ ނޫސްތަކުގެ ހެޑްލައިނަށް އައު މީހެއް ނޫނެވެ.

Ads by WAMCO

އޭނާއަށް ކުރެވޭ ބައެެއް ކަންތައްތަކުގެ ސަބަބުން ނޫސްތަކުގައި އޭނަގެ ޚަބަރުތައް އެރުމުގެ އިތުރުން މީސްމީޑިއާގައި ވެސް ވަރަށް ގިނައިން މާކް ހޫނު ފެނަށް ވެއްޓެއެވެ.

މިފަހަރުވެސް މިވަނީ އެފަދަ ކަމެއް އޭނައަށް ކުރެވިފައެވެ. މިފަހަރު ނޫސްތަކުގެ ހެޑްލައިނަށް މާކް އަރާފައިމިވަނީ މޫނުގައި އުނގުޅި ސަންސްކްރީނެއް ބޯމިނުގެ ސަބަބުންނެވެ.

ދާދި ފަހުން މާކް ބީޗަށް ގޮސް ސާރފް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންޓަނެޓުގައި ވަނީ ދައުރުވާން ފަށާފައެވެ.

މާކްގެ މޫނު މަތީގައި ހާކާފައިހުރި ސަންސްކްރީންގެ ގިނަކަން އެފޮޓޯތަކުން ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. އޭނަގެ މުޅި މޫނު ފެންނަނީ ވަރަށް ހުދު ކުލައިގައެވެ.

އެފޮޓޯތައް މިހާރު އިންޓަނެޓުގައި އާއްމުވެ، ގިނަ ބަޔަކު ދަނީ މާކް ޒޫކަބަރގް އަށް ވަރަށް ބޮޑަށް ޖޯކު ޖަހަމުންނެވެ.

"ނިއު ޔޯކް ޕޯސްޓް" ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މާކް ސަަރފް ކުރަން ގޮސްގެން އުޅުނީ ޕްރޮފެޝަނަލް ސާފަރ ކައި ލެނީ އާއި އެއްކޮށެވެ.

އެމެރިކާގައި 3.83 މިލިއަން ކޮރޯނާ ވައިރަސް ކޭސްތައް އުޅޭއިރު، ފޭސްބުކްގެ ބޮޑު މީހާ ހަމަޖެހިލާފައި ބޭރުގައި އުޅެނީ ސާރފް ކުރުމުގައި އަވަދިނެތިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!