ދުނިޔެ

ސައުދީ ރަސްގެފާނު ޓެސްޓު ތަކެއް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ޓެސްޓުތަކެއް ހެދުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމަނިކުފާނު އެޑްމިޓުކޮށްފައިވަނީ ގޯލް ބްލެޑަރ ދުޅަވުމުގެ ސަބަބުންނެވެ.

Ads by Sosun Fihaara

ސައުދީ އަރަބިއްޔާގައި އެމަނިކުފާނު ރަސްކަން ކުރައްވަން ފެއްޓެވީ 2015 ވަނަ އަހަރުއެވެ. މިހާރު އެމަނިކުފާނުގެ އުމުރުފުޅަކީ 84 އަހަރެވެ. އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ އިތުރަށް ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށް ކަމަށް ސައުދީގެ ޤައުމީ މީޑިއާއިން ރިޕޯޓް ކުރެއެވެ. އަދި މީގެ އިތުރަށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

"ސައުދީއަށް ކުރައްވަން ގަސްދުކޮށްފައިވާ ދަތުރުފުޅުގެ މުހިންމު ކަމުގެ ސަބަބުންނާއި، ރަސްގެފާނުގެ ސިއްޙީ ހާލުކޮޅު މިވަގުތު ހުރި ގޮތުން، އިސްވެރިންނާއި މަޝްވަރާ ކުރުމަށްފަހު އިރާޤުގެ ސަރުކާރުން ނިންމަވާފައިވަނީ ސައުދީއަށް ކުރައްވަން ނިންމެވި ދަތުރުފުޅު ފަސްކޮށްލުމަށް" ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދް ޓްވިޓާގައި އިއުލާނު ކުރައްވާފައިވެއެވެ.

ސައުދީގެ ރައީސް އަކީ ދިވެހިރާއްޖޭގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!