Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19: ދިއްފުށިން އިތުރު ތިން މީހަކު ފައްސިވެއްޖެ

ކޮވިޑް-19: ދިއްފުށިން އިތުރު ތިން މީހަކު ފައްސިވެއްޖެ

ކ. ދިއްފުށިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ދިއްފުށިން އެންމެ ފުރަތަމަ ފައްސި ވެފައިވަނީ ރ. އުނގޫފާރަށް ދަތުރުކުރި ދެ މީހެކެވެ.

އެ ދެ މީހުން ފައްސި ވުމާއެކު ދިއްފުށި ވަނީ މޮނީޓަރިންގަށް ލައިފައެވެ.

Advertisement
Ooredoo — Truecaller (box)

ދިއްފުށި ސިއްހީ މަރުކަޒުން ބުނީ އުނގޫފާރުގެ ކޭސްތަކާ ގުޅިގެން އެރަށަށް މި މަހުގެ 2 ވަނަ ދުވަހު ދަތުރު ކުރި މީހުންގެ ސާމްޕަލް ނެގި ކަމަށާއި، އޭގެ ތެރެއިން ފައްސިވީ ދެ މީހުން ކަމަށެވެ. އަދި އެ ފައްސިވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހުން ހޯދައި ސާމްޕަލް ނެގި ކަމަށާއި، އެ ސާމްޕަލްތަކުން ފައްސިވެފައި ވަނީ އިތުރު ތިން މީހަކު ކަމަށް ވެސް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

މިދިޔަ ހަފްތާގައި ރ. އުނގޫފާރުން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެރަށަށް ދިޔަ އެންމެން ކަރަންޓީނުވެ އެރަށުން ވަނީ ރޭންޑަމް ސާމްޕަލްތަކެއް ނަގައިފައެވެ.

ދިއްފުށިން އެންމެ ފުރަތަމަ ފައްސި ވެފައި ވަނީ، ބޭސް ފަރުވާއަށް އުނގޫފާރަށް ދިޔަ، އެއް ގެއެއްގެ ދެ މީހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް