Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެޗްއާރުސީއެމްގެ ނައިބް ރައީސް، ޒާހިދު ވަކިކުރަން ފާސްކޮށްފި

އެޗްއާރުސީއެމްގެ ނައިބް ރައީސް، ޒާހިދު ވަކިކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު އެ ކޮމިޝަނުން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރުސީއެމުން ޒާހިދު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 61 ވޯޓުންނެވެ. ޒާހިދު ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

އެޗްއާރުސީއެމުން ވަކިކުރުމަށް ކޮމިޓީން ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ އެކޮމިޝަންގެ ނައިބް ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޒާހިދުއާއި، ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭގެފާނެވެ. މީގެ ތެރެއިން މޫސާ އަލީ ކަލޭގެފާނު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުން ވޯޓަށް އަހައި މަޤާމުން ވަކިކޮށްފައިވަނީ ޒާހިދުއެވެ.

Advertisement
Ooredoo — Square (box)

ޒާހިދު އެ ކޮމިޝަނަށް އައްޔަން ކުރީ ޖޫން 15، 2017 ގަ އެވެ. އޭގެ ކުރިން ޔޫއެންޑީޕީއާއި ޔޫއެންއޯޕީއެސްގެ ތަފާތު ޕްރޮޖެކްޓްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވެ އެވެ. އަދި، ސައުތު އޭޝިއާ އެލިވިއޭޝަން ޕްރޮގްރާމްގައާއި އެޓޯލް ޑިވެލޮޕްމަންޓް ފޮ ސަސްޓެއިނަބަލް އެޓޯބަލް ޑިވެލޮޕްމަންޓްގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް