ދުނިޔެ

ފުރޮޅުލީ ގޮނޑިއެއްގައި އޮކްސްފޯޑް ޔުނިވާސިޓީން ތަޢުލީމު ހާސިލްކުރާ ފުރަތަމަ އިންޑިއާ ދަރިވަރު

ދެން އެމްވީ ، ދެން އޮންލައިން

ގިނަ މީހުން ދެކޭ ގޮތުގައި ފުރޮޅުލީ ގޮނޑިއެއްގައި އިނުމަކީ ވަރަށް ގިނަ ކަންތައް ކުރެވުމުން މަޙުރޫމް ކުރާ ކެމެކެވެ.

Ads by WAMCO

ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މީހުންނާއި ދިމާލަށް "ނުކުޅެދޭ" މިބަސް ބޭނުން ކޮށްފައިވަނީ ވެސް އެފަދަ މާނައެއްގައެވެ. އެމީހުންނަކީ އެއްވެސް ކަމެއް ކުރެވިދާނެ ބައެއް ކަމުގައި ނުދެކިއެވެ.

ނަމަވެސް އެގޮތަށް ވިސްނާ މީހުންގެ ވިސްނުން އިންޑިއާގެ ނިއު ދިއްލީގައި ހުރި ޝްރީ ރާމް ކޮލެޖުން ތައުލީމު ހާސިލުކުރި ޕްރަތިޝްތާ ދޭޝްވާރް މިވަނީ ބަދަލު ކޮށްލާފައެވެ. އެކޮލެޖުން ތައުލީމު ހާސިލުކޮށް ނިމުމަކާއި ހަމައަށް އައިސްފައިވާއިރު މިހާރު ޕްރަތިޝްތާ ތައްޔާރު ވަމުންދަނީ އޮކްސްފޯޑް ޔުނިވާސިޓީއަށް މަތީ ތައުލީމު ހާސިލު ކުރަން ދިޔުމަށެވެ. މިއާއެކު އޭނާ ވެފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައި އޮކްސްފޯޑުން ތައުލީމު ހާސިލުކުރާ ފުރަތަމަ އިންޑިއާ ދަރިވަރަށެވެ.

ހޯޝިއަޕޫރަށް އުފަން ޕްރަތިޝްތާ އަކީ އަބަދުވެސް ކިޔެވުމަށް ނުހަނު އިސްކަމެއް ދީގެން އުޅުނު، މޮޅު ކުއްޖެއްކަން އެންމެންވެސް ވަނީ ފާހަގަ ކޮށްފައެވެ. އޮކްސްފޯޑުން ޕްރަތިޝްތާއަށް ޖާގަ ލިބުންކަން އޭނާ ހާމަ ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!