Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަންނަ އަހަރު ކިޔެވުން ފެށެނީ އަހަރު މެދުތެރޭގައި!

އަންނަ އަހަރު ކިޔެވުން ފެށެނީ އަހަރު މެދުތެރޭގައި!

2021 އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އެއަހަރުގެ މެދުތެރޭގައި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ މާރޗް މަބުން ފެށިގެން ޖުލައި މަހާއި ހަމައަށް ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ.

މިމަހުގެ ވަކި ހިސާބަކުން ބައެއް ގްރޭޑުތަކަށް ސްކޫލުތައް ހުޅުވި ނަމަވެސް، ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރީ މަފު ވަގުތުކޮޅެކެވެ.

Advertisement
HDC — Sidebar (box)

އޭގެ އިތުރުން ކިޔަވާ ދިނީ ގޫގްލް ކުލާސްތަކާއި ޓެލިކިލާސްތައް މެދުވެރިކޮށެވެ.

މީގެއިތުރުން މިއަހަރުގެ ސާނަވީ އިމްތިހާނާއި މަތީ ސާނަވީ އިމްތިހާނު ވެސް ވަނީ ފަސްކޮށްފައެވެ.

ސްކޫލުތަކުގެ އިސްވެރިންނާއި އެޑިއުކޭޝަނުން ހިއްސާކޮށްފައިވާ ޓެންޓޭޓިވް ކަލަންޑަރުގައިވާގޮތުން އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހު ނުވަތަ ސެޕްޓެމްބަރު މަހު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް