Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން ސަސްޕެންޑު ކޮށްފި

ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން ސަސްޕެންޑު ކޮށްފި

ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން ސަސްޕެންޑު ކުރަން ނިންމައިފިއެވެ.

މިނިންމުން ނިންމާފައިވަނީ އެމަނިކުފާނާއި ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކަކާއި ގުޅިގެން ކަމަށް ޖުދީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެގޮތުން ސުޖާއު އުސްމާނާއި ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ ފުރަތަމަ މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެއް ކަމަށް އެނގިފައިވެއެވެ.

Advertisement
Allied Insurance — Square (box)

ސުޖާއު އުސްމާނާއި ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ ދެވަނަ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް