ދުނިޔެ

ލޯބިވެރިޔާއާއި ބައްދަލު ކުރުމަށް ފައިމަގުގައި ޕާކިސްތާނަށް އެތެރެވާން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާންގެ ކަރާޗީއަށް ނިސްބަތްވާ އަންހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭ އިންޑިއާ ފިރިހެން ކުއްޖަކު ޕާކިސްތާނަށް އެތެރެވާން އުޅެނިކޮށް އިންޑިއާއިން ހިފަހައްޓާ ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ބުނާގޮތުގައި ގުޖުރާތުން ހިފެހެއްޓި މީހަކީ އިންޖިނިއަރިން ދާއިރާގައި ކިޔަަވަމުން އަންނަ ޒިޝާން މުޙައްމަދު ކިޔާ މީހެކެވެ. މި ޙާދިޘާ ހިނގާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުންނާއި ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނެފައިވަނީ ޒިޝާން ، ކަރާޗީގެ އަންހެން ކުއްޖަކާއި ވާހަކަ ދައްކަމުންދާތާ މަސްތަކެއް ވެއްޖެ ކަމަށާއި ފުލުހުންގެ ތަހްގީގްފައި އޭނާގެ ފޯންގެ މުޢާމަލާތްތައް ބެލުމުން ހުރިހާ ކަމެއް ސާފުވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ޕާކިސްތާނަށް އެތެރެވާން އުޅުނީ އޭނާގެ ލޯބިވެރިޔާއާއި ބައްދަލު ކުރަން ކަމަށައި ޕާކިސްތާނަށް އެތެރެވާން ކުރި މަސައްކަތުގައި ގޫގުލް މެޕް ބޭނުންކޮށްފައިވާކަންް ވެސް އެނގިފައިވާ ވެފައިވާ ކަމަށެވެ.

ބޯޑަރުގެ ސެކިޔުރިޓީ ފުލުހުން ޒީޝާން ހިފަހައްޓާފައިވަނީ ޕާކިސްތާނުގެ ބޯޑަރާއި އެންމެ ދޮޅު ކިލޯ މީޓަރު ދުރުންނެވެ. ލޮކްޑައުންގެ ސަބަބުން ވެހިކަލެއް ނުލިބުމުގެ ސަބަބުން ސައިކަލެއްގައި ޒީޝާން ފެށި ދަތުރު ފައި މަގަށް ބަދަލު ކުރަން ޖެހުނީ ފަސްގަނޑަކަށް ސައިކަލް ގަނބައިގަނެ،ދުއްވޭނެ ގޮތް ނުވެގެންނެވެ. ނަމަވެސް ލޯބިވެރިޔާއާއި ބައްދަލު ކުރުމަށް ބޭނުންވާތީ ދަތުރުގެ ބާކީ އޮތްބައި ފައިމަގުގައި ފުރިހަމަ ކުރުމަށް އޭނާ ނިންމީއެވެ.

ފުލުހުން ބުނީ ޒިޝާން ހިފެހެއްޓިއިރު އޭނާ ހުރީ ވަރަށް ބޮޑަށް ވަރު ދެރަވެފައި ކަމަށެވެ. އަދި ޕާކިސްތާނަށް އެތެރެވުމަށް އޭނާ ކުރި މިދަތުރުގައި ހަނަފަސް ސަރަހައްދެއްގައި ހޭނެތި ، ދެތިން ގަޑިއިރު ވެފައިވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ މިޑިއާ ރިޕޯޓްކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!