Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެ ގެންނަނީ އަސްކަރީ ބޯޓެއް ނޫން، ޑޯނިއާ އެއް: ސަރުކާރު

ރާއްޖެ ގެންނަނީ އަސްކަރީ ބޯޓެއް ނޫން، ޑޯނިއާ އެއް: ސަރުކާރު

އިންޑިއާއިން ރާއްޖެ ގެންނަނީ އަސްކަރީ މަތިންދާ ބޯޓެއް ނޫން ކަމަށާއި ގެންދަނީ ޑޯނިއާ މަތިންދާ ބޯޓެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖޭގައި ބޭއްވުމަށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް މިކަން ދޮގު ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" ނޫހަށް އަށް ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހަދާފައި ނެތް ކަަމަށެވެ.

Advertisement
Allied Insurance — Square (box)

ހޫދު ވިދާޅުވީ ހިއުމަނިޓޭރިއަންގެ ބޭނުމަށް، ބަލި މީހުން އުފުލުމަށް ބޭނުންކުރާ ޑޯނިއާ ބޯޓެއް ގެންނަން ކުރީގެ ސަރުކާރާއެކު އިންޑިއާއިން އެއްބަސްވެފައި އޮންނާނެ ކަމަށެވެ. އެހެންކަމުން އެ ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޔަގީނުން ވެސް މިލިޓަރީ އެއާކްރާފްޓެއް ގެނައުމުގެ އެއްބަސްވުމެއް މި ސަރުކާރުން ހަދާފައެއް ނޯންނާނެ،" ހޫދު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް