Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަފާރީ ރޭޕް ކޭސްގެ މައުލޫމާތު ދިނީ އާޒިމާ: މެންދުރު އޮންލައިން

ސަފާރީ ރޭޕް ކޭސްގެ މައުލޫމާތު ދިނީ އާޒިމާ: މެންދުރު އޮންލައިން

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ އަންހެން މީހާގެ އިންޓަވިއު ގެނެސްދިން "މެންދުރު އޮންލައިން" އެ ވާހަކަ ކިޔައި ދިނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ކަމަށް އެ ނޫހުން ބުނެފިއެވެ.

"މެންދުރު އޮންލައިން" އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު ދެމުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ.

އެ ނޫހުން ބެލި ބެލުމުން ސަފާރީގައި ހިނގާފައި ވަނީ ރޭޕްގެ މައްސަލައެއް ނޫންކަން އެނގިފައިވާ ކަމަށައި އަދި މިމައްސަލަ ރޭޕް ކޭސްގެ ގޮތުގައި، ބޮޑުކޮށްލީ ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއްތިބުމުން، މިކަން ސިޔާސީ ކޮށްލުމައްޓަކައިކަން އަދި އެނިޔަތުގައިކަން އެނޫހަށް އެނގިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement
Ooredoo — Square (box)

"މެންދުރު އޮންލައިން" އަށް ބޮޑުއޮޅުވާލުމެއް އޮޅުވާލާ އަދި އެ ނޫސް މިފަދަ ސިޔާސީ ކަމެއްގައި ޖެހިފައި އަދި ގަންބުވާލާފައިވާތީ، ވިކްޓިމްގެ ކިބައިންނާއި އަދި މިމައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމުގައި ކަމާބެހޭފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުން "މެންދުރު އޮންލައިން" އިން ދޭނެކަމާއި އަދި ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ވާހަކަތަކަކީ މިއަށްވުރެ ރަނގަޅު ނިޒާމެއްގެ ދަށުން ކުރެވޭނޭ ކަމެއްކަމުގައި ދެކޭތީ، އެކަންކަން އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

މިއަދު އެ ހުރިހާ ވާހަކައެއް ދޮގުކޮށް ބަޔާނެއް ނެރުނު އިރު، ފުލުހުންނާއި، ރާއްޔިތުންގެ މަޖިލީހުން ގެންދަނީ އެ މައްސަލަ ބަލާ ތަހުގީގުވެސް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް