Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ދިއްފުށިން އިތުރު 9 މީހަކު ފައްސިވެއްޖެ

ކޮވިޑް-19: ދިއްފުށިން އިތުރު 9 މީހަކު ފައްސިވެއްޖެ

ކ.ދިއްފުށިން އިތުރު ނުވަ މީހަކު ކޮވިޑް-19އަަށް ފައްސި ވެއްޖެއެވެ.

ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުބައްސިރު “ދެން” އަށް މިކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.ފައްސިވެފައި ވަނީ އެރަށުން މީގެ ކުރިން ފައްސިވީ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވީ 9 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްފުށިން އެންމެ ފުރަތަމަ ފައްސިވީ މީހާއަކީ ބޭސްފަރުވާއަށް އުނގޫފާރަށް ދިޔަ މީހެކެވެ. އަދި އުނގޫފާރުން ކޮވިޑް-19ގެ ކޭސްއެއް ފެނުމުން އެރަށަށް ދިޔަ އެންމެން ކަރަންޓީންވާން އެންގި އިރު ދިއްފުށީގައި އޮތީ ބަލި ފެތުރިފައެވެ.

Advertisement
Allied — Dhen Online (box)

އުނގޫފާރުގެ ކޮވިޑް ކޭހާ ގުޅުންހުރި ގިނަ ކޭސްތަކެއް ވަނީ އަތޮޅުތެރޭގެ ރަށްރަށުން ފެނިފައެެވެ. އަދި ކޮވިޑްގެ ކޭސްތައް ފެނި 13 ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ،

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް