Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮވިޑުން ރައްކާތެރި ކުރަން ކަމަށް ބުނެ އިންޑިއާގެ ކުޑަކުދިންތަކަކަށް ރާ ބޯން ދީފި!

ކޮވިޑުން ރައްކާތެރި ކުރަން ކަމަށް ބުނެ އިންޑިއާގެ ކުޑަކުދިންތަކަކަށް ރާ ބޯން ދީފި!

އިންޑިއާގެ އަވަށަކުން އަނެއްކާވެސް ވަރަށް އާދަޔާ ޚިލާފު ކަމެއް ކޮށްފިއެވެ.

އާއްމުގޮތެއްގައި މީހުންގެ ސިކުނޑިއަށް ޤަބޫލު ކުރަން އުނދަގޫ ކަންތައްކުރާ އިންޑިއާގެ އަވަށަކުން މިފަހަރު 50 އަށްވުރެ ގިނަ ކުޑަކުދިންނަށް ރާ ބޯންދީފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޕަރްސާންޕަލީ އަވަށުގެ މީހުން ޤަބޫލު ކޮށްފައިވަނީ ރާ ބުއިމުން ކޮވިޑް-19 ނުޖެހޭނެ ކަމަށެވެ. ްެއެހެންކަމުން އެމީހުންވަނީ އުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންތަކަކަށް ރާ ބޯން ދީފައެވެ.

Advertisement
Allied Insurance — Square (box)

މީގެ ދެ ހަފްތާ ކުރިން އެމީހުން މިކަން ކުރަނިކޮށް ނެގި ވީޑިއޯއެއް ވަނީ މީސްމީޑިއާ ގައި އާއްމުވެފައެވެ. އަދި ގިނަ މީހުންވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ.

"ހިންދުސްތާން ޓައިމްސް" ގެ ރިޕޯޓެއްގައިވާ ގޮތުގައި، އެކުދިންނަށް އެފަހަރު ރާ ބޯންދީފައިވަނީ ކައިވެނީގެ ޚަފްލާއެއްގައެވެ.

އެކުދިންނަށް ދީފައިވަނީ އިންޑިއާގައި އުފައްދާ ރަލެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއަވަށުގެ މީހުންނަށް އެފަދައިން ކަންތައްކުރަން ނަސޭޙަތް ދިނީ އެއަވަށުގެ ބޮޑުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އޭގެން އެކަކުވެސް ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ.

ރާ ބުއިމަކުން ކޮވިޑުން ރައްކާތެރި ނުވާނެ ކަމަަށް ސިއްޙީ މާހިރުން ވަނީ ކުރިންވެސް ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން އެއަވަށުގެ މީހުންނާއިމެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނާޅާކަމެއް އެނގިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް