Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މެންދުރު އޮންލައިންގެ ބަޔާނުގެ މައްސަލާގައި އާޒިމާ ފުލުހަށް!

މެންދުރު އޮންލައިންގެ ބަޔާނުގެ މައްސަލާގައި އާޒިމާ ފުލުހަށް!

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، މެންދުރު އޮންލައިން ކިޔާ ނޫހަށް ވިކްޓިމްގެ ވާހަކަ ކިޔައި ދިނީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ކަމަށް ބުނެފައިވާ ވާހަކަ ދޮގު ކުރައްވާ އެ މައްސަލަ އާޒިމާ ފުލުހަށް ހުށަހަޅުއްވައިފިއެވެ.

އެ އަންހެން މީހާގެ އިންޓަވިއު ގެނެސްދިން "މެންދުރު އޮންލައިން" އެ ވާހަކަ ކިޔައި ދިނީ އާޒިމް ކަމަށް ބުނެ އެ ނޫހުން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.

އެ އަންހެން މީހާގެ ވާހަކަ ހިމެނޭ ތަފުސީލުކޮށް އެ ވެބްސައިޓެއްގައި ޖެހުުމުން ސަރުކާރާއި ފުލުހުންނަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް، ފުލުހުން ވަނީ އެ އަންހެންމީހާ އިންޓަވިއު އެއް ނުދޭ ކަމަށް ބުނެފަ އެވެ.

Advertisement
Ooredoo — Square (box)

"މެންދުރު އޮންލައިން" އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު ދެމުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިން އަށް ކިޔައިދިނީ ދިވެހިބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ.

ނަމަވެސް އާޒިމާ ވަނީ އެ ވެބްސައިޓުން ނެރުނު ބަޔާން ދޮގު ކުރައްވާފައެވެ.

އާޒިމާ ވިދާޅުވީ އެ ހަބަރާ ގުޅިގެން ރޭ ފުލުހަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށާއި، މިފަދަ ކަމެއްގައި އޭނާގެ ނަން ބޭނުންކޮށްފައި ވަނީ ކޮން މަގުސަދެއްގައިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް