Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުކުޅު ފިހާރައިގެ ބޮޑު އީދު ހަދިޔާ: ފްރޯޒެން ހުރިހާ ބާވަތެއް ހިމެނޭ ގިފްޓް ޕެކެއް

ކުކުޅު ފިހާރައިގެ ބޮޑު އީދު ހަދިޔާ: ފްރޯޒެން ހުރިހާ ބާވަތެއް ހިމެނޭ ގިފްޓް ޕެކެއް

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑުއީދާ ދިމާކޮށް "ބޮޑު އީދު ބޮޑު ހަދިޔާ" ގެ ނަމުގައި ގިވްއަވޭ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މީީސް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޖެހެނީ 'ކުކުޅު ފިހާރަ' ގެ ފޭސްބުކު ޕޭޖު ލައިކް ކޮށް، ގިވްއަވޭ ޕޯސްޓު ލައިކްކޮށް ޝެއަރ ކޮށް އަދި ކޮމެންޓުގައި 10 ރައްޓެހިން ޓެގު ކުރާށެވެ.

މި ގިވްއަވޭ ގެ ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް އެ ފިހާރައިން ވިއްކަމުން އަންނަ ފްރޯޒެން ހުރިހާ ބާވަތެއް ހިމެނޭ ގިފްޓް ޕެކެއް ލިބިގެންދާނެއެވެ.

Advertisement
Allied Insurance — Square (box)

ގިވްއަވޭ ގެ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

މީގެ އިތުރުންވެސް ބޮޑު އީދާއި ދިމާކޮށް ކުކުޅު ފިހާރައިން ދަނީ އިތުރު ޕްރޮމޯޝަން އެއްވެސް ކުރިއަށް ގެންދަމުންނެވެ. އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެއެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން މައުލޫމާތުދެއެވެ.

ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. އަދި ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 9986575 އަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް