Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަންނަ މަހުގެ 15 ކުރިން ހުއްދަ އާކުރުމަށް އަންގައިފި

ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަންނަ މަހުގެ 15 ކުރިން ހުއްދަ އާކުރުމަށް އަންގައިފި

ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަނުގެ ހުއްދަ އާ ނުކުރެވުނު ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުއްދަތައް އާކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފިއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 1 މަސްކުރިން ހުއްދަ އައު ކުރަންޖެހެއެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުކަމަށްވާ 19 މާރިޗް އިން 5 ޖުލައިގެ ނިޔަލަށް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް، ހުއްދަ އައުކުރުމަށް ފޯމު ހުށަހެޅޭނެގޮތް އޮތީ ނުވެފައެވެ.

ހެލްތް މިނިސްޓްރީން ބުނީ މިމުއްދަތުގެ ތެރޭގައި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ހުއްދަ އައުކުރުމަށް އެދި 15 އޮގަސްޓް ގެ ކުރިން އީމެއިލް ނުވަތަ ފޯމް މެދުވެރިކޮށް ހުށައަޅަންޖެހޭނެކަމަށެވެ.

ކޮވިޑާ ގުޅިގެން ކެފޭ ރެސްޓޯރަންޓްތައް ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައިހުރުމަށްފަހު މިހާރު ވަކި އުސޫލެއްގެ ދަށުން އެތަންތަނުން ޙިދުމަތް ދިނުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް