Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވިއްސާރައިގެ ސަބަބުން ފުވައްމުލަކު ސިޓީގެ ކިޔެވުން މެދުކަނޑައިލައިފި

ވިއްސާރައިގެ ސަބަބުން ފުވައްމުލަކު ސިޓީގެ ކިޔެވުން މެދުކަނޑައިލައިފި

މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ކިޔެވުން މެދުކަނޑައިލައިފިއެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޒިރާރު ވިދާޅުވީ ރޭ ކުރި ވިއްސާރައިގައި އެރަށުގެ ގިނަ ގެތަކަށް ފެންވަދެފައި ވުމާއި ބައެއް ގެތަކުގެ ހިފައި ގެންގުޅޭ ސާމާނަށް ވެސް ގެއްލުން ލިބިފައިވުމުގެ ސަބަބުން މިއަދު އެރަށުގެ ހަތް ސްކޫލު ވެސް ބަންދު ކޮށްފައި ވާ ކަމަށެެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ފުވައްމުލައ ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ.

Advertisement
Ooredoo — Truecaller (box)

އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި އަދި ގަޑިއަކު 25 މޭލާއި 30 މޭލުގެ ބޭރުމިނުގައި ވައި ޖެހުމުގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ. ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރައިން އިލްތިމާސް ކުރައްވައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް