Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑިއުޓީގައި ހުއްޓައި ނިޔާވި ފުލުހުންގެ އަގު ހާއްސަ ގޮތެއްގައި ވަޒަންކުރާނެ: ސީޕީ

ޑިއުޓީގައި ހުއްޓައި ނިޔާވި ފުލުހުންގެ އަގު ހާއްސަ ގޮތެއްގައި ވަޒަންކުރާނެ: ސީޕީ

ޑިއުޓީގައި ތިއްބައި ނިޔާވި ފުލުހުންގެ ހިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޕޮލިސް މޯމިރިއަލް ޑޭ އާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ސީޕީގެ ޓްވީޓުގައި ވަނީ ޑިއުޓީ އަދާކުރަމުންދަނިކޮށް ދިމާވި އެކި ހާދިސާތަކުގައި ނިޔާވި ފަސް ފުލުހެއްގެ ނަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ހިތްވަރުގަދަ ފުލުހުންގެ ހަނދާންތަކާއި ހިދުމަތުގެ އަގު އަބަދުވެސް ވަޒަން ކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޕޮލިސް މެމޯރިއަލް ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި ރަސްމީ ޑިއުޓީގައި ތިއްބަވަނިކޮށް ދިމާވި އެކިއެކި ޙާދިސާތަކާއި، ދެކޮޅުވެރި ޙަމަލާތަކުގައި ޝަހީދުވާ ފުލުހުންގެ ޛިކުރާ އައުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން ފާހަގަކުރާ ދުވަހެކެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

ޕޮލިސް މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ތެރެއިން / ފޮޓޯ: ޕޮލިސް މީޑިއާ
ޕޮލިސް މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ތެރެއިން / ފޮޓޯ: ޕޮލިސް މީޑިއާ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް