Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޔާސިރު ޔަހުޔާގެ ހާލު އަންނަނީ ރަނގަޅުވަމުން: ކަރެކްޝަންސް

ޔާސިރު ޔަހުޔާގެ ހާލު އަންނަނީ ރަނގަޅުވަމުން: ކަރެކްޝަންސް

ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، މޯލްޑިވްސް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

ޔާސިރަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ، ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ފަށައި ހާލު ސީރިއަސްވުމުންނެވެ. އެކަމަކު އޭނާ އަލުން ކާން ފެށި ކަމެއް ކަރެކްޝަންސް އިން ނުބުނެ އެވެ.

ކަރެކްޝަންސް އިން ބުނީ އޭނާގެ ހާލު ކުޑަކޮށް ރަނގަޅު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

Advertisement
Ooredoo — Square (box)

މިދިޔަ އަހަރު ފަހުކޮޅުގައިވެސް އޭނާ ވަނީ ކެއުން ހުއްޓާލައި ބަނޑުހައި ހޫނުކަމުގެހަޅުތާލެއްކޮށްފައެވެ. ނަމަވެސް އޭރުވެސް ހޮސްޕިޓަލަށް ގެންގޮސްފަރުވާދިންފަހުން އޭނާވަނީ އަލުން ކާންފަށާފައެވެ.

2016 ވަނަ އަހަރު ޔަމަނުގެ ޢަރަބި ޓީޗަރެއްގެ ގޮތުގައި ރާއްޖެ ގެނައި ޔާސިރު ޔަހުޔާއަކީ ޓެރަރިޒްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ފާހަގަކުރުމާއި، ޓެރަރިޒަމާއި ގުޅުންހުރި ބެކްގްރައުންޑެއްވެސް އޭނާގެ އޮންނަކަން އެނގުމުން ކޯޓް ޢަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހުއެވެ.

ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ ދޫކޮށް ދިއުމަށް އޭނާއަށް އެތައް ފަހަރެއްގެ މަތިން އަންގާފައިވާކަމަށާއި، ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް ޕާސްޕޯޓް ގެއްލިފައިވާކަމަށް ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ. އަދި ބައެއް ފަހަރު ޕާސްޕޯޓް ޔަމަނަށް ފޮނުވާލާފައިވާކަމަށްވެސް އޭނާ ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން މީގެކުރިންވަނީ ވިދާޅުވިއެވެ. އޭނާ ފުރަން އެއްބަސްވެއްޖެނަމަ އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާ ފުރުވާލެވޭނެކަމަށް މިދިޔަ އަހަރު ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި އުޅެނިކޮށް ހައްޔަރުކޮށްފައިވާ ޔާސިރު ޔަހުޔާ ހައްޔަރުކޮށްފައި ހުންނަތާ 3 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދަނީ ޝަރީޢަތަކާއިނުލާ އޭނާ ހައްޔަރުކޮށްފައިވާކަމަށް ބުނަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް